ބިޖިނަޒަލު

ވިކިޕީޑިއާ އިންވިކިރަދީފު
Jump to navigation Jump to search

މިއީ ދިވެހިރާއްޖޭގައި، ދިވެހިންގެ ތެރޭގައި ގިނައިން އިނގިރޭސި ލަފުޒު ބޭނުންކުރަމުން އަންނާތީ އިނގިރޭސި ބަހާއި އެއްވަރަށް ދިވެހިބަސް ކޮންމެވެސް ވަރަކަށް ތަރައްގީ ކުރުމަށްޓަކައި ފެށި މަސައްކަތުގެ ތެރެއިން އަޅުގަނޑު އުފެއްދި ބަހެކެވެ. މި ލަފުޒު މިހެން ކިޔުމަށް ނިންމި ސަބަބަކީ، ޓެކްނޮލޮޖީއަށް ދިވެހި ލަފުޒެއް ހެދުމަށް ވިސްނިއިރު ޚިޔާލަށް އައީ ދެ ލަފުޒެކެވެ. އެއީ ބިޖިލީ އާއި ތަކުނަޖަލީ އެވެ. ނަމަވެސް ބިޖިލީއަކީ ހިސާބަކަށް ދިވެހިންގެ ތެރޭގައި "ކަރަންޓު" މި ލަފުޒުގެ ބަދަލުގައި ބޭނުންކުރާ ބަހަކަށްވާތީވެ، މި ދެ ލަފުޒު އެއްކޮށްލީއެވެ. މި ލަފުޒަކީ އިނގިރޭސި ބަހުގައި "ޓެކްނޮލޮޖީ" މިބަހުގެ ތަރުޖަމާއެކެވެ. މިލަފުޒު ވަކިން(ޖުމުލައަކާއެކު ނުވާނަމަ) އޮންނަންވާނީ "ބިޒިނަޒަލު" މިހެންނެވެ. ޖުމުލައަކާއި ގުޅުވައިފިނަމަ "ބިޖިނަޒަލީ" މިހެން ބަދަލު ކުރެއްވުމެވެ. މި ލަފުޒު އެކިއެކި ހާލަތްތަކުގައި ބޭނުން ކުރާނެގޮތްވެސް ތިރީގައި ލިޔެލަމެވެ.

މިޘާލު: ބޮވަނަވަމުން އަންނަ ދުނިޔޭގައި ޓެކްނޮލޮޖީ އަންނަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންނެވެ. އައުލަފުޒަށް ބަދަލުކޮށްގެން: ބޮވަނަވަމުން އަންނަ ދުނިޔޭގައި ބިޖިނަޒަލީ އަންނަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންނެވެ.

ހުރި ހާލަތާއި އެއްގޮތަށް އެހެނިހެން ދިވެހި ލަފުޒުތައް ބޭނުންކުރާ ގޮތަށް ފަހުއަކުރުގެ ފިލި ބަދަލުވާނެއެވެ.